ހަތަރު ދިވެއްސަކާއި ފަސް ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ދެންމެ ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މާލެއިން އިތުރު ނުވަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށާއި އެއީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ފަސް މީހުން ކަމަށެވެ.
މި އެންމެންވެސް އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
https://twitter.com/HPA_MV/status/1253240744774717440
މިއަދު ޕޮޒިޓިވް މި ވި ނުވަ މީހުންނާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވި އަދަދު މިވަނީ 95 އަށް އަރާފައެވެ. އަދި މާލެއިން ޕޮޒިޓިވް ވި އަދަދު މިވަނީ 75 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް