އުނގޫފާރު ފަޅުގައި އޮތް ދޯންޏެއް ވަގަށްނަގައިފި

ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއް ބަޔަކު ވަގަށްނަގައިފިއެވެ. ފުލުހުން ބުނެފައިވަނީ ރޭ ދަންވަރު 12:15 ހާއިރު ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއްގެ ވެރިފަރާތަށް ނޭނގި ވަގަށް ނަގައިގެން ރ. މާކުރަތަށް ގ...

23 Apr 2020 | 08:08

ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއް ބަޔަކު ވަގަށްނަގައިފިއެވެ.

ފުލުހުން ބުނެފައިވަނީ ރޭ ދަންވަރު 12:15 ހާއިރު ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއްގެ ވެރިފަރާތަށް ނޭނގި ވަގަށް ނަގައިގެން ރ. މާކުރަތަށް ގެންގޮސްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން 18 އަހަރުގެ ދެމީހުންނާއި 28 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކު (ދިވެހި ހަތަރު ފިރިހެނަކު) ރޭ ދަންވަރު 12:50 ހާއިރު މާކުރަތުން ހައްޔަރުކޮށްފައިވާކަމަށް ބުނެ އެވެ.

މި ދޯނި ވަގަށް ނަގައިގެން މާކުރަތަށް ގެންދިޔައީ ކޮން ރަށެއްގެ ބައެއްކަން ފުލުހުން ހާމައެއް އެހެން ނަމަވެސް ދުވަހަށް އެނގިފައިވާގޮތުގައި ދޯނި ވަގަށް ނަގައިގެން ދިޔައީވެސް އުނގޫފާރު ބައެކެވެ.

މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް