ލޮކްޑައުންގައި ހުޅުމާލެއާ ވިލިމާލޭ ރައްޔިތުން ނަމޫނާ ދައްކަނީ!

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެން ފެށުމާއި އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް ގަވައިދާ ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ފެށިފަހުން ގަވައިދާ އެއްގޮތަށް އުޅުމުގައި ހުޅުމާލެ އާއި ވިލި...

23 Apr 2020 | 07:04

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެން ފެށުމާއި އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް ގަވައިދާ ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ފެށިފަހުން ގަވައިދާ އެއްގޮތަށް އުޅުމުގައި ހުޅުމާލެ އާއި ވިލިމާލޭގެ މިސާލު ދައްކަމުން އެބަދެ އެވެ.

ލޮކްޑައުން ކުރުމާއި ގުޅިގެން ޖެހިގެން އައި ދުވަހު ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ ގެއަށް ބޭނުންވާ ސާމާނު ގަންނަން ފެށި އެވެ. އެކަމަކު އެ ދުވަހާއި އަނެއް ދުވަހުގެ ރޭ8:30 އާއި ދެމެދު ނުކުތް އެއްވެސް މީހަކަށް ފުލުހުން ފިޔަވަޅު ނޭޅީ އާންމުން ބޭރަށް ނުކުންނަން މަޖުބޫރުވީ ޑެލިވަރީ ސިސްޓަމް ފެއިލްވުމުން ކަމަށް އެ އިދާރާއިން ގަބޫލް ކުރާތީ ކަމަށް ބުނެފައިވެ އެވެ.

އޭގެ ފަހުން ފުލުހުން ދަނީ ގަވައިދާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު ޖޫރިމަނާކޮށް އޭގެ ފަހުން ތަކުރާރު ކޮށްފި ނަމަ ހައްޔަރު ކުރަމުންނެވެ.

ފުލުހުން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން މިހާތަނަށް ވިލިމާލެ އާއި ހުޅުމާލެއިން ގަވައިދާ ހިލާފުވެގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު މާލެއިން މިހާތަނަށް15 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މިހާތަނަށް ހުޅުމާލެ އާއި ވިލިމާލެ އިން ގަވައިދާ ހިލާފަށް މަގުމައްޗަށް ނުކުމެގެން ޖޫރިމަނާ ކޮށްފައިވަނީ ކޮންމެ ތަނަކުން16 މީހުންނެވެ. އެކަމަކު މާލެއިން މިހާތަނަށް280 މީހަކު ވަނީ ޖޫރިމަނާ ކޮށްފައި އެވެ.

ލޮން ޑައުން ގަވައިދާ ހިލާފުވާނަމަ ޖޫރިމަނާ ކުރަނީ1،000 ރުފިޔާ އިންނެވެ. އެކަން ތަކުރާރު ކުރާނަމަ ހައްޔަރު ކުރާ ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ދައުވާ ކުރެވޭނެ އެވެ. އަދި އޭގެ ތެރެއިން ކަރަންޓީން ކުރަން ޖެހޭ މީހުން ކަރަންޓީންވެސް ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ ލޮކްޑައުންގައި އާންމުންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދިނުމަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ގެއަކުން މީހަކަށް ޒަރޫރީތަކެތި ގަތުމަށް ބޭރަށް ނުކުތުމުގެ ހުއްދަ ދެމުންނެވެ. އެ ހުއްދައިގެ ދަށުން އުޅެނެވެނީ ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި ހިނގާފައި އެއް ގަޑިއިރު އެވެ.

އެކަމަކު ސިއްހީ މާހިރުން ވިދާޅުވީ އެގޮތަށް ލިބޭ ހުއްދައިގެ ދަށުންވެސް ކޮންމެހެން ނުކުންނަން ނުޖެހޭ ނަމަ ނުނުކުތުމަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް