ކޯވިޑް-19 ނުރައްކާތެރިކަން އެންމެ ބޮޑުވެފައިވާ އެމެރިކާގެ ޗިކާގޯގެ މަގެއްގެ މަތީގައި ހުރި ބިލް ބޯޑަކަށް އާންމުންގެ ބޮޑު ސަމާލު ކަމެއް ލިބިން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ބިލްބޯޑުގައި ލިޔެފައިވަނީ1،400 އަހަރު ކުރިން އިސްލާމް ދީނުގައި މިފަދަ ބަލިމަޑު ކަމުގައި އަމަލު ކުރަންވީ ގޮތް ބުނެދީފައިވާ ވާހަކަ އެވެ. އެގޮތުން ކީރިތި ރަސޫލާ މުހައްމަދު (ސއވ) ގެ ފަރާތްޕުޅުން ބަލި މަޑުކަމުގެ ދުވަސްވަރު އަމަލު ކުރަންވީ ގޮތުގެ ވާހަކަ އައިސްފައިވާލެއް ތަފްސީލް ކަމެވެ.
އެ ބިލް ބޯޑުގެ ލިޔުމުގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް އާއި އެނޫން ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުން މުހިންމު ކަން ރަސޫލާގެ ހަދީސް ތަކުން ސާބިތުވާ ކަމަށެވެ. އަދި ބަލި މަޑުކަމެއް ފެތުރޭ ތަނަކަށް ނުދިއުމަށާއި ބައްޔެއް ފެތުރޭ ތަނަކުން ބޭރު ނުވުމަށް ރަސޫލާގެ ހަދީސުން އަންގަވާފައިވާ ކަމަށް ލިޔުމުގައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔޫރަޕާއި އެމެރިކާގައި ސޯޝަލް މީޑިއާގައިވެސް ކޮރޯނާ ވައިރަސްގެ ބަލި މަޑުކަމާއި ގުޅިގެން މި ހަދީސްތައް ވަރަށް ހަލުވިކަމާއި އެކު ދަރުވެ ގިނަ ބަޔަކު ހައިރާން ކޮށްލި އެވެ.
ޗިކާގޯގައި މި ބިލް ބޯޑު ބަހައްޓާފައިވަނީ އެގައުމުގައި އިސްލާމް ދީން ފެތުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ގެއިން ޕީސް" އިންނެވެ.
މިހާނަށް އެމެރިކާއިން835،316 މީހުންނަށް ކޯވިޑް-19 ޖެހިފައިވެ އެވެ. އަދި މި ބަލީގައި46،079 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް