ގިނަ ބިދޭސީން އުޅޭ ތަންތަނަށް ވަދެ ނުކުމެވުން ފުލުހުން ކޮންޓްރޯލް ކުރަން ފަށައިފި

ކޯވިޑް-19 ބިދޭސީ މަސައްކަތު މީހުންގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން އެއްކޮށް ދިރިއުޅޭ ތަންތަނަށް ވަދެ ނުކުމެވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ފަށައި...

23 Apr 2020 | 03:08

ކޯވިޑް-19 ބިދޭސީ މަސައްކަތު މީހުންގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން އެއްކޮށް ދިރިއުޅޭ ތަންތަނަށް ވަދެ ނުކުމެވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ އެފަދަ ހަ ތަނެއް ފުލުހުން މިހާރު މޮނިޓާ ކުރަމުންދާ ކަމަށެވެ. ފުލުހުން މޮނިޓާ ކުރަމުންދާއިރު ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އެ ތަންތަނުން ޒަރޫރީ ބޭނުމެއްގައި ނޫނީ މީހުންނަށް ނުުކުމެ ނޫޅެވޭގޮތް ވަނީ ހަދާފައި އެވެ.

ފުލުހުން ބުނީ މި މަސައްކަތް ފެށީ މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ބިދޭސީންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

މި މަސައްކަތް ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.

މާލޭގައި ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާއިރު މިހާތަނަށް މާލެއިން އެކަނި66 މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައި އެވެ. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނެ އެވެ.

ބިދޭސީންގެ ތެރެއިން ޕޮސިޓިވް ވެފައިވަނީ އިންޑިއާ އާއި ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް