ޑެލިވަރީ ކުރާއިރު ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް، ވިޔަފާރިވެރިން ސަމާލުވޭ!

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރި ޕޮސިޓިވްވަމުންދާ މީހުންނަށް ބަލާއިރު މާލޭގެ ލޮކްޑައުން އާއި ގުޅިގެން ކުރިޔަށްދާ ޑެލިވެރީ ހިދުމަތުގެ ތެރެއިން ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތް ޕްރޮޓެ...

22 Apr 2020 | 19:27

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރި ޕޮސިޓިވްވަމުންދާ މީހުންނަށް ބަލާއިރު މާލޭގެ ލޮކްޑައުން އާއި ގުޅިގެން ކުރިޔަށްދާ ޑެލިވެރީ ހިދުމަތުގެ ތެރެއިން ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ފަރާތުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް މާލެއިން ޕޮސިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ހިދުމަތުގައި އުޅޭ ގިނަ ބިދޭސީން ހިމެނޭ ކަމަށެވެ. އެމީހުންނަށް އެހެން މީހުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮންނަ އިރު އެއީ ސަމާލުވާން ޖެހޭ ކަމެއްކަން ޑރ. އަފްޒަލް ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ އެއްތަނުން އަނެއް ނަތަށް ސާމާނު ގެންދިއުމުގައި ގައިދުރުކަން އިސްކުރަން ޖެހޭ ކަމަށެވެ. އަދި ކިރިޔާވެސް ބަލީގެ އަލާމާތެއް ހުންނަ ނަމަ ފިހާރައިގަ ތިބޭ މުވައްޒަފުން އަދި ޑެލިވަރީ ކުރާ މުވައްޒަފުން ވަޒީފާއަށް ނުނެރުމަށް އެދިވަޑައިގެންނެވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ޑެލިވަރީ ކުރާ މީހުންނާއި ފިހާރަތަކުގައި ތިބޭ ސޭޓުން ތިބެންވާނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ގޮތުން މާސްކާއި، އަންގި ލައްވައިގެންނެވެ. މިހާރު ލިބެމުންދާ ޝަކުވާތަކާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އަލާމާތްތައް ފެންނަ އިރުވެސް މުވައްޒަފުން ވަޒީފާއަށް ބައެއް ވިޔަފާޜިވެރިން ނެރޭ ކަމަށެވެ.

މިހާތަނަށް މާލެއިން ޕޮސިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ހިދުމަތާއި ގުޅުން ހުރި ހިދުމަތްތައް ދޭ މީހުން ހިމެނެ އެވެ. އެއީ ލިލީ ސްޓޯރުގެ ބިދޭސީ މުވައްޒަފުންތަކަކާއި އިހުސާން ފިހާރައިގަ މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނާއި އެސީގެ މަސައްކުރާ ދެ ބިދޭސީން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް