ގޭހުގެ އައު ޝިޕްމަންޓެއް ލިބި، 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފަށައިފި

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޭހުގެ ދަތިކަން ހައްލުކޮށް، މޯލްޑިވް ގޭސް އިން 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފަށައިފިއެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް އިން މީޑިއާ...

23 Mar 2026 | 10:46
N/A

N/A

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޭހުގެ ދަތިކަން ހައްލުކޮށް، މޯލްޑިވް ގޭސް އިން 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފަށައިފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް އިން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ގޭހުގެ އައު ޝިޕްމަންޓެއް ލިބިފައިވާތީ ކުރިން އޮތް ގޮތަށް 10 ކިލޯގެ ގޭސް ފުޅި މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ހޯމުޒް ކަނޑުއޮޅިން ހަކަތައިގެ ބާވަތްތައް ދައުރުވުމަށް ބުރޫއެރުމާ ގުޅިގެން، ރާއްޖެއަށް ވެސް ކައްކާ ގޭސް ލިބުމުގައި ދަތިތައް ކުރިމަތިވިއެވެ. އެ ދަތިކަމުގެ ތެރޭގައި މޯލްޑިވް ގޭސް އިން 10 ކިލޯގެ ފުޅި ވިއްކުން ހުއްޓާލައި، ފަހެއް ކިލޯގެ ގޭސް ފުޅި ވިއްކަމުން ގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް