ކޮވިޑަށް ރާއްޖެއިން އިތުރު 128 މިހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 128 މީހަކު ޕޮޒިޓިވް ވެފައިވާއިރު މާލެ ސަރަހައްދުން 91 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ރަށްރަށުން 11 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން 26 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މިއާއެކު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،790 އަށް އަރާފައެވެ.
ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 2،491ގައި ހުރިއިރު އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަނީ 102 މީހަކަށެވެ. ކޮވިޑުގައި މިހާތަނަށް ރާއްޖެއިން 66 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް