އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭންއެއްގެ ގޮތުގައި، 'އާޗާ ޑެއިލީ 2ޖީބީ' ޕްލޭން އުރީދޫއިން މިއަދު ތައާރަފްކޮށްފިއެވެ. މި އައު ޕްލޭން އާއިއެކު މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 750ރ އަށް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، 'އާޗާ ޕްރިޕެއިޑް' ޕްލޭންސް އާއެކު ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އައު ޑޭޓާ ބެލެންސްއަކާއި އެކުކަމަށެވެ. އަދި އާޗާ 2ޖީބީ ޕްލޭންސްއާއެކު ކަސްޓަމަރުންނަށް މުޅި މަހަށް ބަހާލައިގެން ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
" އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާއިއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރުކޮށްދިނުމަށް. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ތަފާތު އައު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫން ވިދާޅުވިއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:
- އުރީދޫ އެޕް http://ore.do/app
- އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD750” ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
- 1#929 އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރިޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް