ޅ. ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. އެނގިފައި ވާގޮތުން ނައިފަރު މޮނިޓަރިންގ އަށް ލާފައި ވަނީ ކޮވިޑްގެ ކޭސްތަކަކާ ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފައްސިވި ދެ މީހުންގެ ތެރޭގައި ނައިފަރު ހޮސްޕިޓަލުގައި، ބަލިމީހުންނާ ގާތުން މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ވެސް ހިމެނެއެވެ.
ފައްސިވި ދެ މީހުން މިހާރު ތިބީ ކަރަންޓީނުގައެވެ. ރަށް މޮނިޓަރިންއަށް ލުމަށް ކުރަން ޖެހޭ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ނައިފަރު ކައުންސިލް ގުޅިގެން ކުރިއަށް އެބަދެއެވެ. އަދި އެރަށުގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ.
ރ. އުނގޫފާރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 2 މާރިޗް 2021 ގެ ފަހުން ރ. އުނގޫފާރުގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް