ދާދި ފަހުން ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ޝޯ "ހަތުރޯން ކޭ ކިލާޅީ 11" އަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޝޯ ޝޫޓްކުރާނެ ގައުމެއް ނިންމައި ބައިވެރިން ވެސްވަނީ ހާމަކޮށްފައެވެ.
އެހެން ކަމުން މިހާރު މީޑިއާތަކުގައި އަންނަނީ "ހަތުރޯން ކޭ ކިލާޅީ 11" އިން ފެންނާނެ ކަމަށް ބެލެވޭ ބައެއް ސެލެބްރިޓީންނާ ބެހޭ ގޮތުން ވާހަކަތައް ދެކެވެން ފަށާފައެވެ. މި ޝޯ އަކީ އަބަދު ވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު މޫނުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ.
ކުރިއަށް އޮތް ސީޒަނުން ފެންނާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި "ބިގް ބޮސް 14" ގެ ހިމެނުނު ބައެއް ތަރިންް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެ ޝޯ ކާމިޔާބުކުރި ރުބީނާ ދިލައިކާއި ފިރިމީހާ އަބިނާވް ޝުކްލާ އާއި ނިކީ ތަމްބޯލީ އާއި އިޖާޒް ޚާން އަދި ރާހިލް ވައިދިއާ ފަދަ ތަރިން ފާހަގަ ކޮށްލެވެއެވެ.
https://twitter.com/TheRealKhabri/status/1373592963750584321
"ހަތުރޯން ކޭ ކިލާޅީ 11" އާ ބެހޭ ގިނަ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް ކަލާޒް އިން ޝޯއާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި ޝޯ ގެނެސްދެވޭ ގޮތް ނުވި ނަމަވެސް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު 11 ވަނަ ސީޒަން ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.
"ހަތުރޯން ކޭ ކިލާޅީ 10" ކާމިޔާބުކުރީ ޓީވީ ބަތަލާ ކަރިޝްމާ ތަންނާ އެވެ. އެ ސީޒަން ގެނެސްދެނީ ބަލްގޭރިއާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް