މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފުކޮށްފި

ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ބެޗްލަރސް އަދި މާސްޓާރސް ޑިގްރީ ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ. މި...

23 Mar 2021 | 08:00

ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ބެޗްލަރސް އަދި މާސްޓާރސް ޑިގްރީ ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ.

މިޕްރޮގްރާމުގެ މަޤްސަދަކީ ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ތައުލީމު ހާސިލުކޮށް ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހޯދޭނެ މަަގުފަހިކޮށްދީ، މިދާއިރާތަކުން މީހުން ބިނާކޮށް ކުރިމަގުގައި އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ގާބިލު މީހުން ތަމްރީނުކުރުމެވެ.

މިޕްރޮގްރާމުގެ ދަށުން އިންވެސްޓްމަންޓް މެނެޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޕެންޝަން އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތަކުން މަސައްކަތުގެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މުސާރައާއި ޕެންޝަން ކޮންޓްރިބިއުޝަން ފަދަ އިނާޔަތްތައް ދިނުމަށް ހަމަޖެހިފައި ވާކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. މީގެ އިތުރުން ކާމިޔާބު ކަމާއެކު ޕްރޮގްރާމު ނިންމާ ފަރާތްތަކަށް ޕެންޝަން އޮފީހުން ވަޒީފާގެ ފުރުސަތުވެސް ތަނަވަސްވެގެން ދާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

މިޕްރޮގްރާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ މިޕްރޮގްރާމުގެ ދަށުން އިއުލާން ކުރެވޭ ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން ހޮވޭ ފަރާތްތަކަށެވެ. މިޕްރޮގްރާމުގެ ދަށުން މިއަހަރަށް ހުޅުވާލެވިފައިވާ ފުރުސަތުތަކާއި ޕްރޮގްރާމާއި ބޭހޭ އިތުރު މައުލޫމާތު ޕެންޝަން އޮފީހުގެ ވެޕްސައިޓް http://bit.ly/Arutha އިން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް