ބެލެނިވެރިން ނުކުމެ ރިނބުދޫ ސްކޫލުގައި ތަޅު އެޅުވި މައްސަލައިގާ ބައެއް ބެލެނިވެރިން އެކަމާ ބެހޭ މައުލޫމާތު ދުވަހާ ހިއްސާ ކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ރިނބުދޫ ބެލެނިވެރިއަކު ބުނެފައިވަނީ، ސްކޫލްގެ ޕްރިންސިޕަލް ފޮނުވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި، އެކަމާ ބެލެނިވެރިންނާއި ދަރިވަރުން ވަރަށް ދެރަވާކަމަށެވެ.
ރިނބުދޫ ސްކޫލްް ބެލެނިވެރިއަކު ބުނެފައި ވަނީ، ސްކޫލްގައި ނުރަނގަޅަށް ހިނގާ ކަމެއް ނަމަ އެކަން ވަގުތުން ރަނގަޅު ކުރުމަށް އެ ސްކޫލް ޕްރިންސިޕަލް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ސްކޫލްގެ ޑިއުޓީގައި އުޅޭ ފަރާތާމެދު ވެސް އެގޮތަށް އަމަލު ކުރުމުން، އެފަރާތުން ނުރުހުން ފާޅުކޮށް، ޕްރިންސިޕަލް އާ ދެކޮޅަށް ނުކުތީ ކަމަށް ބެލެނިވެރިއަކު ބުނެއެވެ.
އެގޮތުން ސްކޫލްގެ ޑިއުޓީގައި އުޅޭ ފަރާތުން ކަންތައް ކުރާ ގޮތުން، އެއްފަހަރު، ދެފަހަރު ނަސޭހަތް ދިނުމުން ވެސް އެކަމަށް ބަދަލެއް ނައުމުން އެކަން ޕްރިންސިޕަލް އެޑިއުކޭޝަނަށް ހުށަހަޅާފައި ވާ ކަަމަށެވެ.
އެހެންކަމުން ޕްރިންސިޕަލްގެ މައްސަލަ ނަގައިގެން 'ބޮޑުކޮށްލައިގެން' އުޅެނީ އެފަރާތުން ކަމަށް ބެލެނިވެރިޔާ ބުނެއެވެ. އަދި ޕްރިންސިލަލް ރަށުން ބޭރުކޮށްލުމަށް މަސައްކަތް ކުރަނީ އެމައްސަލައިގައި ހިތްހަމަ ނުޖެހިގެން ކަމަށް ބެލެނިވެރިޔާ ބުނެއެވެ.
އެރަށުން ވާހަކަ ދެއްކި ބެލެނިވެރިޔާ ބުނެފައި ވަނީ، މިކަމާ ގުޅިގެން ވަރަށް ގިނަ ދަރިވަރުންނާ ބެލެނިވެރިން ވަރަށް ދެރަވާ ކަމަށެވެ.
ބެލެނިވެރިން އެއްކޮށްގެން ވެސް ސިޔާސީ އެއްވެސް ވާހަކައެއް ޕްރިންސިޕަލް ނުދައްކާ ކަމަށް ބެލެނިވެރިޔާ ބުނެއެވެ. "ވާގޮތަކީ ސަރ ބޭރުކުރަންވެގެން އެމީހުން ޕެޓިޝަނެއް ހުށަހެޅީ. ދެން އަޅުގަނޑުމެން ޕްރިންސިޕަލަށް ތާއީދު ކުރާ މީހުންނަށް އަނެއްކާ ޕެޓިޝަނެއް ހުށަހެޅީ" ބެލެނިވެރިޔާ ބުނެފައިވެއެވެ.
އެގޮތުން ޕްރިންސިޕަލް އާ ދެކޮޅަށް 'އެފަރާތުން' ޕެޓިޝަނެއް ހުށަހަޅަން ސޮއި ހޯދި ކަމަށާއި، އެ ޕެޓިޝަން ހުށަހެޅިކަމެއް ޔަގީން ނުވާކަމަށް 'ދުވަސް' އަށް ވާހަކަ ދެއްކި ބެލެނިވެރިޔާ ބުނެފައި ވެއެވެ.
އެގޮތުން މިކަން ހިނދިފައި ދުވަސްކޮޅަކު އޮތުމަށްފަހު، މިފަހުން ކެމްޕޭން ބައްދަލުވުމެއްގައި ރައީސްއާއި ރައްރިތުންގެ މަޖިލީހުގެ ރައީސްއާއި އެރަށުން ކައުންސިލް ކަމަށް ކުރިމަތިލާ މީހުންނާ ބައްދަލު ކުރުމުގެ ތެރޭގައި، ޕްރިންސިޕަލްގެ ވޭހަކަ 'މީހަކު' ދެއްކި ކަމަށާއި، ޕްރިންސިޕަލް ސިޔާސީ ވާހަކަ ދައްކާ ކަމަށް ތުހުމަތު ކޮށްފައި ވާ ކަމަށެވެ. އަދި އެއީ އެރަށު މީހުން ކަންބޮޑުވާ ކަމެއް ކަމަށް 'އެފަރާތުން' ތުހުމަތު ކޮށްފައި ވާ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި ބެލެނިވެރިޔާ ބުނެފައި ވަނީ، ޕްރިންސިޕަލް މިހާރު ހުރީ އެރަށުގައި ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ޕްރިންސްޕަލްގެ ގޭގައި ކަމަށާއި، ނަމަވެސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އެޑިއުކޭޝަނަށް ހާޒިރުވުމަށް މާލެ ދިއުމަށް ޕްރިންސިޕަލަށް އަންގާފައިވާ ކަމަށް ބެލެނިވެރިޔާ ބުނެއެވެ.
އެހެންކަމުން އެއްވެފައި ވަނީ، މި މައްސަލައިގައި ހިތްހަމަ ނުޖެހުން ފާޅު ކުރުމަށާއި ޕްރިންސިޕަލް ފޮނުވާލަން އުޅޭތީކަމަށް ބެލެނިވެރިޔާ ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް