ކުޅުދުއްދުށީގައި އެކްސިޑެންޓްވެ އަނިޔާވި ކުއްޖާ ނިޔާވެއްޖެ

ހުކުރު ދުވަހު ކުޅުދުއްދުށީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެއްވެ. ނިޔާވެފައި ވަނީ، އެކްސިޑެންޓް ހިނގި ވަގުތު ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖެކެވެ. ބާރު ސްޕީޑެއްގައި ސައިކަ...

23 Mar 2021 | 05:29

ހުކުރު ދުވަހު ކުޅުދުއްދުށީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެއްވެ. ނިޔާވެފައި ވަނީ، އެކްސިޑެންޓް ހިނގި ވަގުތު ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖެކެވެ.

ބާރު ސްޕީޑެއްގައި ސައިކަލް ދުއްވާފައި ދަނިކޮށް ޕިކަޕެއްގައި ޖެހި ހިނގާފައިވާ އެކްސިޑެންޓް އާ ގުޅިގެން ނިޔާވެފައި ވަނީ މުހައްމަދު ޒަޔާން އައްބާސް އެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހާދިސާއާ ގުޅިގެން ޒަޔާންގެ ދެ އޮޕަރޭޝަން އެއް ކޮށްފައި ވެއެވެ. އެގޮތުން ފުރަތަމަ އޮޕަރޭޝަން އަށް ފަހު ގެއަށް ދޫކޮށްލި ފަހުން، ހާލު ދެރަވެގެން ދެވަނަ އޮޕަރޭޝަން އެއް ކުރީއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ ޒަޔާންގެ ބަނޑަށެވެ. އެގޮތުން ފުރަތަމަަ ކޮށްފައި ވަނީ އަށް ގަޑިއިރުގެ އޮޕަރޭޝަނެކެވެ. އަދި ފަހުން 10 ގަޑިއިރުގެ އޮޕަރޭޝަން އެއް ވެސް ކޮށްފައި ވެއެވެ.

ޒަޔާން ނިޔާވެފައި ވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް