ޗައިނާއިން ސައިނޯފާމް ވެކްސިންގެ ދެ ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު އެ ދެ ލައްކަ ޑޯޒް ބަލާ އެއް ލައްކަ ޑޮލަރު ހަރަދުކޮށްފައި ދާން ޖެހުމަކީ ދެރަކަމެއް ކަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސަފީރު ސަފީރު ޖަންގް ލިޒޯންގް ޓެގް ކުރައްވާ އަނދުން ހުސެއިން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އެއްވެސް ވެކްސިނެއް ރާއްޖެ ގެނެސްދީފައެއް ނުވެއެވެ. މިހާރު ޖަހަމުންދާ ސައިނޯފާމް ވެކްސިނަކީ ހެޔޮ އެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ސައިނޯފާމްގެ 10 ހާސް ޑޯޒް އެވެ. ވެކްސިން ޖަހަމުންދާ ސްޕީޑަށް ބަލާނަމަ ފަސް ވަރަކަށް ދުވަސް ތެރޭގައި މި ވެކްސިން ހުސްވުން އެކަށީގެން ވެއެވެ.
https://twitter.com/AndhunHussain/status/1374057228706058243?s=08
ޗައިނާއިން ދެ ބުރެއްގެ މަތިން ހަދިޔާކުރި ދެ ލައްކަ ޑޯޒް ބަލާ ރާއްޖެއިން ދާން ޖެހިފައިވާއިރު އަވަށްޓެރި އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ ދެ ބެޗުވެސް ހަދިޔާކުރީ އެ ވެކްސިން ރާއްޖެ ގެނެސްފައިކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް