ދ. ރިނބުދޫ ބެލެނިވެރިން ނިކުމެ އެ ރަށު ސްކޫލުގައި ތަޅު އަޅުވައިފިއެވެ.
ދ. ރިނބުދޫ ކައުންސިލްގެ ރައީސް ޙާތިމް އިބްރާއިމް 'ދުވަސް' އަށް ވިދާޅުވީ، އެއްވެފައި ވަނީ ބެލެނިވެރިން ކޮޅަކާއި، ބެލެނިވެރިންނަށް ނުވާ އާއްމުރައްޔިތުން ކޮޅެއް ކަަމަށެވެ.
ހެނދުނުގެ ވަގުތެއްގައި އެމީހުން އެތަނަށް އެއްވެފައި ވީ ނަމަވެސް، މިހާރު އެމީހުން އެތަނުން ގޮސްފައި ވާ ކަމަށާއި، އަދި ސްކޫލްގެ ކިޔެވުން ވެސް ކުރިއަށް އެނބަ ދާ ކަމަށް ޙާތިމް ވިދާޅުވިއެވެ.
ޙާތިމް ވިދާޅުވީ، ސްކޫލްދޮށަށް އެއްވި މީހުން ނުރުހުން ފާޅު ކޮށްފައި ވަނީ، ސްކޫލްގެ ޕްރިންސިޕަލްގެ މައްސަލައެއް ބަލާތީ ކަމަށެވެ. އެގޮތުން ޕްރިންސިޕަލް އަށް ތާއީދުކުރާ ބަޔަކު ނުކުމެ ސްކޫލް ދޮރުމަތީގައި ބޯޑުތަކެއް ހިފައިގެން ނުރުހުން ފާޅު ކޮށްފައިވެއެވެ. ޕްރިންސިޕަލްގެ މައްސަލައެއް އެޑިއުކޭޝަނުން ބަލަމުންދާީ ކަމަށް ޙާތިމް ވިދާޅުވިއެވެ.
އެއީ ސްކޫލް ތެރޭގައި ހުރި ބައެއް ކަންތައްތަކާއި އަދި މުޖުތަމައު ތެރޭގައި ހުރި ކަންތައްތަކެއްގެ ސަބަބުން ބަލަމުންދާ މައްސަލައެއް ކަމަށް ޙާތިމް ވިދާޅުވިއެވެ. މީގެ ތެރޭގައި ސިޔާސީ ބައެއް ކަންކަން ވެސް ހިމެނޭކަމަށް ޙާތިމް ފާހަގަ ކުރެއްވިއެވެ.
ސްކޫލް ކުރިމަތީގައި ތިބި މީހުން، ސްކޫލް ގޭޓްގައި ތަޅު އަޅުވާފައި ވާތީ، އެ ތަޅު ނައްޓާލުމާއި ސްކޫލް ހުޅުވުމާ ދެމެދު 45 ވަރަކަށް މިނިޓް ވާނެ ކަމަށް ޙާތިމް ވިދާޅުވިއެވެ. އެގޮތުން 07:46 ހާއިރު ސްކޫލް ހުޅުވިފައި ވާނެ ކަމަށް ޙާތިމް ވިދާޅުވިއެވެ
މިކަން ހިނގާފައި ވަނީ ހެނދުނު ކުދިން ސްކޫލަށް އައުމުގެ ކުރިންނެވެ. "މި ހާލަތާ ގުޅިގެން ސިޔާސީ ސަކަރާތެއް ޖެހުމުގެ ބޭނުމުގަ ކަންނޭންގެ" ޙާތިމް ވިދާޅުުވިއެވެ.
ޙާތިމް ވިދާޅުވީ މީގެ ކުރިން ވެސް ރިނބުދޫގައި ވަރަށް ގިނަ ޕްރިންސިޕަލުން ތިބި ކަމަށާއި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައި ވާނެ ކަމަށާއި އަދި ޕްރިންސިޕަލުން ބަދަލުވެސް ވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް