50 ޓަނު ޑީސަލް ހިފައިގެން ދިޔަ 'ސްނޯ' ފަރަށް އަަރައިފި

50 ޓަނު ޑީސަލް ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަަރައިފިއެވެ. އެމްއެންޑީއެފް އިން ބުނެފައި ވަނީ، ފަރަށް އަރާފައި ވަނީ 'ސްނޯ' ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. މި ދޯނި ދަތުރު ކޮށްފައި ވަނީ މާލެއިނ...

23 Mar 2021 | 03:39

50 ޓަނު ޑީސަލް ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ، ފަރަށް އަރާފައި ވަނީ 'ސްނޯ' ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. މި ދޯނި ދަތުރު ކޮށްފައި ވަނީ މާލެއިން ފުރައިގެން ހއ. އަތޮޅަށެވެ.

މި ދޯނި ފަރަށް އަރާފައި ވަނީ ށ.ކީކިމިނި ކައިރި ބޮލިސްތާ ކައިރިއަށް ކަމަށް އެންއެންޑީއެފް އިން ބުނެއެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފް ނޮދަތް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ހަރަކާތްތެރި ވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ރޭ ދަންވަރު03:09 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ދޯނީގައި 2 ބިދޭސީއަކާއި ދިވެއްސެއް ދަތުރުކޮށްފައި ވެއެވެ.

ދޯނީގައި ހުރި ޑީސަލް ކަނޑަށް ބޭރު ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ޑީސަލް ގެންގޮސްފައި ވަނީ ފީފާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް