ފެލެއިނީއާ ގުޅުންހުރި ދެ މީހުންގެ ސާމްޕަލް ނެގެޓިވް، އެމީހުންގެ ގެތައް މޮނިޓަރިންގެ ހާލަތުން ނަގަނީ

ބެލްޖިއަމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ގުޅުން އޮވެގެން ޓެސްޓު ހެދި ދެމީހަކު ބައްޔަށް ނެގެޓީވްވި އެވެ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އ...

23 Mar 2020 | 18:57

ބެލްޖިއަމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ގުޅުން އޮވެގެން ޓެސްޓު ހެދި ދެމީހަކު ބައްޔަށް ނެގެޓީވްވި އެވެ،

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދެމީހުންގެ ނަތީޖާ ނެގެޓިވްވިޔަސް އަލާމާތްތައް ހުރުމުން ވެލިދޫ ރިސޯޓުގައި އެ ދެމީހުން އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. އަދި އެމީހުން މާލޭގައި ދިރިއުޅޭ ގޭގެވެސް މޮނިޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އޭނާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެލެވޭ 20 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ފަސް މީހުން އައިސޮލޭޝަންގައި ތިބީ އޭނާ ޗުއްޓީ ހޭދަ ކުރި ރީތިރަށް ރިސޯޓުގައި ކަމަށެވެ. އަނެއް15 މީހުންނަކީ އެމްއޭސީއެލްގެ މުވައްޒަފުންނެވެ.

މީގެ ތެރެއިން ވެލިދޫގައި އައިސޮލޭޓް ކޮށްފައިވަނީ އެމްއޭސީއެލްގެ ދެ މުވައްޒަފެކެވެ.

ފެލައިނީ ރާއްޖެ އައީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އެނބުރި ދިޔައީ މިމަހުގެ12 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ދުބާއީ މަގުންނެވެ.

ފެލައިނީއަށް ކޯވިޑް-19 ޖެހިފައިވާކަން ހާމަ ކުރީ މިމަހުގެ20 ވަނަ ދުވަހު ޗައިނާގައި ހުރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް