ގޭގައި ތިއްބަވާ، ހުރިހާ ޕްރޮޑަކްޓެއްވެސް ހިލޭ ގޭދޮށަށް ޑެލިވަރީ ކޮށްދޭނަން: އެންޒީ

އެންޒީގެ ހުރިހާ އުފެއްދުމެއް ހިލޭ ގޭގެއަށް ޑެލިވަރީކޮށްދޭން އެންޒީން ނިންމައިފިއެވެ. މިކަން ހާމަކޮށް އެންޒީން ބުނެފައިވަނީ މިވަގުތު ދިވެހިރާއްޖެއާއި މުޅި ދުނިޔެ ކަންބޮޑުވުމާއި ހާސްކަމެއްގައިވެފައި، ޒަ...

23 Mar 2020 | 18:17

އެންޒީގެ ހުރިހާ އުފެއްދުމެއް ހިލޭ ގޭގެއަށް ޑެލިވަރީކޮށްދޭން އެންޒީން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެންޒީން ބުނެފައިވަނީ މިވަގުތު ދިވެހިރާއްޖެއާއި މުޅި ދުނިޔެ ކަންބޮޑުވުމާއި ހާސްކަމެއްގައިވެފައި، ޒަރޫރީ ބޭނުންތަކަށްކަށްނޫނީ މަގުތަކަށް ނުނިކުތުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަށްވަމުންދާ ވަގުތެއްކަމުން އަޅުގަނޑުމެން 23 މާރޗް 2020 އިން ފެށިގެން އެންޒީގެ ހުރިހާ ޕްރޮޑަކްޓްތަކެއް ހިލޭ ގޭގެ އަށް ޑެލިވާރ ކުރަން މިވަނީ ނިންމާފައި ކަމަށެވެ.

"މިގޮތުން އަޅުގަނޑުމެން ފްރީކޮށް ޑެލިވާރ ކޮށްދޭނީ ބިލްގެ ޖުމްލަ 200ރ އަށްވުރެއްމަތިން ކުރައްވާ އޯޑަރުތަކެވެ." އެންޒީން ބުނެފައިވެއެވެ.

މިގޮތުން ސްމޯކްޑް ޓޫނާގެ އެކި ބާވަތްތައް (ވަޅޯމަސް، ވަޅޯމަސް ފޮތި، މުގުރިމަސް، މަސް މިރުސް،ރިހާކުރު، ޑީޕް ފްރައިޑް ޓޫނާ ބެލީ، ތެލުލި މަސް، ސުވަދީބް، މަހާ ޗާއި ގިތެޔޮ މިރުސް ސޯސް) ރޯމަސް ( ޓޫނާ ޓްރިމް، ޗިލްޑް ސްޓީކް، ޓޫނާ ޗަންކް، ޓޫނާ ޗަންކްސް ސެންޓާރ ކަޓް، މަހު ލޯ، ބަނޑައިދޫ، ޓޫނާ ބެލީ ކިއުބްސް، ޓޫނާ ޗަންކްސް)  ދަޅު މަސް ( ތެޔޮ މަސް އަދި ފެން މަސް) އަދި ބޭކަރީ ޕޭސްޓްރީ ( ވައިޓް ބްރެޑް، ބްރައުން ބޮރެޑް، ސަބްމެރީން ބަން، ހޮޓް ޑޯގް ބަން، ކްރޮއިސަންޓް، ޗިކަން ޕަފް، ޓޫނާ ޕަފް، ސޭންޑްވިޗް، ޓޫނާ ޕިއްޒާ، ގުޅަ، ކަވާބު، ބޯކިބާ، މަސްރޮށި، ސްވީޓް ބަން، ބްރައުނީ، މަފިން،) އަދި މީގެ އިތުރުންވެސް އެކި ބާވަތްތައް ހިމެނޭނެއެވެ.

"އަޅުގަނޑުމެންގެ ހޮޓްލައިން ނަމްބަރ 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު ބޭނުންފުޅުވާ ޕްރޮޑަކްޓާއި، އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރ ދެއްވުމުން އަޅުގަނޑުމެން ޑެލިވާރ ކޮށްދޭނެއެވެ." އެންޒީން ޔަގީންކަން ދެއެވެ.

އެންޒީން ބުނަނީ އެންޒީގެ މަގްސަދަކީ ހުރިހާ ބޭފުޅުންވެސް ގޭގައި ރައްކާތެރިކަމާއިއެކު ތިއްބަވައިގެން އަޅުގަނޑުމެންގެ ޙިދުމަތް މާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން މި ދަނޑިވަޅުގައި ގޭގައި ތިއްބަވައިގެން އަޅުގަނޑުމެންގެ ފްރީ ޑެލިވަރީ ޙިދްމަތުގެ އެންމެ ފުރިހަމަ ބޭނުން ހިއްޕެވުމަށް އެންޒީން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް