ފުލުހުންގެ ބަންދަށް މުއްދަތު ޖެހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރަން ފަށަނީ

ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި މުއްދަތު މަޖިލީސް ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ކުރާ ގޮތަށް ހަމަޖައްސައިފި އެވެ. ފުލުހުން ބުނީ ވީޑ...

23 Mar 2020 | 18:00

ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި މުއްދަތު މަޖިލީސް ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ފުލުހުން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މުއްދަތު މަޖިލީސް ކުރިޔަށް ގެންދަންފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ. އެގޮތުން މި އަޑުއެހުން ތަކުގައި ގާނޫނީ ވަކީލުން ދޫނިދޫ ނުވަތަ ކްރިމިނަލް ކޯޓް ގެ ވީޑިއޯ ކޮންފަރެންސް ގައި ބައިވެރި ވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މިގޮތަށް ހަމަޖެއްސީ ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅުގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އޮތުމާއި ގުޅިގެން، ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވެސް ވަކާލާތު ކުރައްވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް