ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރިޗު މަހުގެ ބާކީ އޮތް ދުވަސްތަކާ އަދި އެޕްރީލް މަހުގައި އެކްޓިވޭޓްކުރައްވާ އެޑް-އޮންއަކުން %50 ޑިސްކައުންޓް ދޭން ނިންމައިފިއެވެ. މިއީ ކޮވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާ ދަނޑިވަޅަކަށް ވާތީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެކެވެ.
އެޑް-އޮންތައް އެކްޓިވޭޓްކޮށްލުމަށް ދިރާގު މޯބައިލް އެޕް އަދި ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" ޚިދުމަތް ވެދުވެރިކޮށް ކުރެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރެވޭ ވަރުގެ ނޮޓިފިކޭޝަން ހޯދުމަށް ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކޮށްލެވޭނެއެވެ.
ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ދީފައިއެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ. ހަމަމިއާއެކު، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން %25 ޑިސްކައުންޓް މާރިޗު އަދި އެޕްރީލް މަހު ދޭން ވަނީ ނިންމާފައިއެވެ.
ދިރާގުން އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް