އެމްޑަބްލިއުއެސްސީން މާލޭގެ ތިން ސަރަހައްދެއްގައި އަތް ދޮންނަ ތަށި ބަހައްޓައިފި

ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފަސޭހައިން އަތް ދޮވެވޭނެ ގޮތް ހެދުމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މާލޭގެ ތިން ސަރަހައްދެއްގައި އަތް ދޮނ...

23 Mar 2020 | 16:31

ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފަސޭހައިން އަތް ދޮވެވޭނެ ގޮތް ހެދުމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މާލޭގެ ތިން ސަރަހައްދެއްގައި އަތް ދޮންނަ ތަށި ބަހައްޓައިފި އެވެ.

އެގޮތުން އެމްޑަބްލިއުއެސްސީން އަތް ދޮންނަ ތަށި ބަހައްޓާފައި ވަނީ މާލޭ ލޯކަލް މާރުކޭޓާއި، މަސް މާރުކޭޓާއި، ވިލިމާލެ ފެރީ ޓާމިނަލް ކައިރީގަ އެވެ. އެތަނުން ކޮންމެ ތަނެއްގައި ހަ ތަށި ބަހައްޓާފައި ވެއެވެ.

އެމްޑަބްލިއުއެސްސީން މިކަން ކުރީ އެތަނުގެ ސީއެސްއާރުގެ ދަށުންނެވެ. އެމްޑަބްލިއުއެސްސީން ވަނީ އަތް ދޮންނަ އިރު ފެން އިސްރާފު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން މުހިއްމެވެ. އަދި ފެން ނުލިބޭ ހާލަތެއް ނަމަ ހޭންޑް ސެނިޓައިޒާ ފުޅިއަކުން އަތް ސާފު ކުރަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް