ކޯވިޑް-19: ޕޮސިޓިވްވި އިތުރު ދެމީހަކު ރަނގަޅުވެއްޖެ

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮސިޓީވްވި އިތުރު ދެމީހަކު ބަލިން ރަނގަޅުވެއްޖެ އެވެ. އެއާ އެކު ބަލިން ސަލާމަތްވި މީހުންގެެ އަދަދު ވަނީ ފަހަކަށް އިތުރުވެފައި އެވެ. އަދި ބަލީގައި މިހާރު ފަރުވާ ދެމުންދަނ...

23 Mar 2020 | 09:51

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮސިޓީވްވި އިތުރު ދެމީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

އެއާ އެކު ބަލިން ސަލާމަތްވި މީހުންގެެ އަދަދު ވަނީ ފަހަކަށް އިތުރުވެފައި އެވެ. އަދި ބަލީގައި މިހާރު ފަރުވާ ދެމުންދަނީ އަށް މީހުންނަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ މިހާރު ފަރުވާދެމުންދާ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ބަލިން ރަނގަޅުވި މީހުން ދެން ފުރިހަމަ ކުރާނީ އައިސޮލޭޝަންގެ މުއްދަތު ކަމަށެވެ.

ޕޮސިޓިވްވާ މީހަކު ބަލިން ރަނގަޅުވިކަމަށް ނިންމަނީ ބަލީގެ އަލާމާތްތައް ގައިން އެއްކޮށް ފިލައިގެން ދިއުމުން ވައިރަހަށް ދެފަހަރު ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ޕޮސިޓިވްވި މީހުން ރަނގަޅުވަމުން އަންނާތީ ހާސްކަން ފިލުވާލަންވީ ވަގުތު އަދި ނުޖެހޭ ކަމަށެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެ އޮތް ހާލަތު އަދިވެސް ބަދަލު ނުވާ ކަމަށާއި ސޯޝަލް ޑިސްޓެންސާއި މި ބައްޔަށް ފަރުވާތެރިވެގެން ތިބުން ވަރަށް މުހިންމު ކަމަށެވެ.

ޑރ. މުހައްމަދު ވިދާޅުވީ އެންމެ މީހެއްގެ ސަބަބުން ވެސް މި ބަލި މުޅި ގައުމަށް ފެތުރިދާނެ ކަމުގެ ބިރު އިންތިހާ އަށް އެބައޮތް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 673 ސާމްޕަލް ވައިރަހަށް ޓެސްޓު ކުރިއިރު 660 މީހުން ވަނީ ވައިރަހަށް ނެގެޓިވްވެފަ އެވެ. ކަރަންޓިންގައި ތިބި ޖުމްލަ މީހުންގެ އަދަދަކީ، 496 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް