މެދުއިރު މަތީގެ ބައެއް ގައުމުތަކާއި ވިލާތުގެ ބައެއް ގައުމުތަކަށް ދަތުރުކޮށްފައިވާ ދިވެއްސަކު ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
އެޗްޕީއޭއިން ބުނީ އޭނާ ޓެސްޓު ކުރަން ނިންމީ ބަލީގެ އަލާމާތްތައް ގައިން ފެންނާތީ އެވެ. މިހާރު އޭނާ ވެލިދޫ އައިލެންޑް ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
އެމީހާ ގައިން ބަލީގެ އަލާމާތް ފެނުނީ ރާއްޖެ އައިތަނުން ކަމެއް ނުވަތަ އެއީ ކޮންއިރަކު ރާއްޖެ އައި މީހެއް ކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.
އެމީހާގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ނިންމީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
https://twitter.com/HPA_MV/status/1241974424917565440
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމެއްގެ ދަށުން ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެހެން އެންމެން މިހާރު ދަނީ ކަރަންޓީން ކުރަމުންނެވެ. އެމީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް