އުޅުނީ ރާއްޖެ ދާން ކަމަށް، އެކަމު މިހާލަތުގައި ނުކެރޭނެ: އާރްތީ

އުފަން ދުވަސް ފާހަގަކުރުމަށް ރާއްޖެ އައުމަށް ހުރިހާ ތައްޔާރީއެއް ވުމަށްފަހުވެސް،  އާރްތީ ސިންގް އޭނާގެ ޗުއްޓީ ފަސްކޮށްލައިފިއެވެ. ބިގްބޮސް ސީޒަން 13 އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އާރްތީ އޭނ...

23 Mar 2020 | 08:53

އުފަން ދުވަސް ފާހަގަކުރުމަށް ރާއްޖެ އައުމަށް ހުރިހާ ތައްޔާރީއެއް ވުމަށްފަހުވެސް،  އާރްތީ ސިންގް އޭނާގެ ޗުއްޓީ ފަސްކޮށްލައިފިއެވެ.

ބިގްބޮސް ސީޒަން 13 އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އާރްތީ އޭނާގެ ޗުއްޓީ ފަސްކޮށްލާފައިމިވަނީ ކޮރޯނާވައިރަހާއި ހެދިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އާރްތީ ބުނެފައިވަނީ އޭނާ ރާއްޖެ އަންނަން އުޅުނީ އޭނާގެ މަންމަވެސް ގޮވައިގެން ކަމަށާއި ނަމަވެސް ކޯވިޑް-19ގެ ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ޗުއްޓީ ފަސްކޮށްލައި ގޭގައި މަޑުކޮށްލަން ނިންމާފައިވާކަމަށެވެ. އަދި ހާލަތު ބަދަލުވުމުން މަންމަ ގޮވައިގެން ޗުއްޓީއަށް އަންނާނެކަމަށްވެސް ބުނެފައިވެއެވެ.

ކޯވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު މި ހާލަތުގައި އެންމެ ބޮޑު ގެއްލުމެއް ވަމުން އަންނަ އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް