ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓު ބިލު ކަސްޓަމަރުންގެ ފޯނަށް ފޮނުވަން ފަށަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން މޮބައިލް ނަމްބަރު އެ ކުންފުންޏާއި ހިއްސާ ކޮށްފައިވާ ފަރާތްތަކަށް މިމަހުން ފެށިގެން ކަރަންޓު ބިލުދާނީ އެސްއެމްއެސް މެދުވެރިކޮށް ނުވަތަ ސްޓެލްކޯގެ މޮބައިލް އެޕްއަށް ކަމަށެވެ. އެކަމަކު މޮބައިލް ނަމްބަރު ހިއްސާ ނުކުރާ ފަރާތްތަކަށް ކަރަންޓު ބިލު ގޭގެ ތިރީ ބުރިއަށް ފޯރުކޮށްދޭނެ ކަމަށެވެ.
އެ ކުންފުނިން ވަނީ ސްޓެލްކޯގެ މޮބައިލް އެޕް ބޭނުން ނުކުރާ ފަރާތްތަކުން އެޕްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފައި އެވެ.
މިފިޔަވަޅު އެޅީ ކޯވިޑް-19 އާއި ގުޅިގެން މިހާރު ރާއްޖޭގައި އޮތް ހާލަތަށް ރިޔާއަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
https://twitter.com/STELCOMALDIVES/status/1241983281140092929
އެ ކުންފުނިން ވަނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަށް ފުރުސަތު ނުދިނުމަށް ސްޓެލްކޯގެ މޮބައިލް އެޕް މެދުވެރިކޮށް ބިލު ދެއްކުމަށް އިސްކަން ދިނުމަށް އިލްމާސްކޮށްފައި އެވެ.
ސްޓެލްކޯގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަނީ ބިލްތައް އިންޓަނެޓް މެދުވެރިކޮށް ދެއްކުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް