އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސަކަށް އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ކުރިން ހުންނެވި އަހުމަދު އަކްރަމް އައްޔަން ކުރައްވައިފި އެވެ.
އަކްރަމް ކުރިން އީސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވީ ފުރަތަމަ ދައުރުގައި އެވެ. އަލުން އެމަގާމަށް އައްޔަން ކުރެއްވީ އޭނާ ދެވަނަ ދައުރަކަށް އީސީގެ މެންބަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އޭނާާ މަގާމަށް އައްޔަން ކުރީ ކޮމިޝަނުން ބޭއްވި 25 ވަނަ ކުއްލި ބައްދަލުވުމުގައި ކަމަށެވެ.
އީސީގެ މެންބަރު ކަމަށް އަކްރަމް އާއި އެކު މިފަހަރު އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޔާޒުވެސް ކުރިމަތިލެއްވެި އެވެ. އެކަމަކު ރައީސް ސޯލިހާއި މަޖިލީހުން ވެސް ފާސް ކުރީ އަކްރަމްއަށް ރުހުން ދޭން ފެންނަ ކަމަށެވެ.
އަކްރަމް އަކީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް