ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮރޯނާވައިރަސް(ކޯވިޑް-19)ގައި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން އެއާޕޯޓުގެ މަގުތަކާއި އޯޕަން އޭރިއާތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓަސް ކޮމްޕެނީ ލިމިޓެޑް (އެމްއޭއީއެލް) އިން ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން އެއާޕޯޓުގައި ހިމެނޭ މަގުތަކާއި އޯޕަން އޭރިއާތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ރޭ ފަށާފައިވާކަމަށެވެ.
އެމްއޭސީއެލް އިން ވަނީ މީގެ ކުރިންވެސް އެއާޕޯޓުގެ ފާހާނާތަކާއި ޓާމިނަލްތައް އަދި ފަސިންޖަރުން މަޑުކޮށްގެން ތިބޭ ސަރަހައްދުތައް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތްވެސް ފަށައިފަ އެވެ. މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ އިންޓަނޭޝަނަލް ފަސިންޖަރުންގެ ޓެމްޕަރޭޗާ ޗެކް ކުރަންވެސް ފަށައިފަ އެވެ. އެއާޕޯޓުގެ އެރައިވަލް ޓާމިނަލުގައި ތާމަލް ކެމެރާ ބަހައްޓައިގެން ރާއްޖެ އަންނަ ފަސިންޖަރުން މޮނީޓާ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސިޓީގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތްވެސް މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ.
https://twitter.com/MACLmedia/status/1241977903136436230
ރާއްޖެއިން މިހާތަނަށް 13 މީހަކު ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު ތިން މީހަކު ވަނީ މި ބަލިން ފަސޭހަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް