ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ކުދިންގެ ތެރެއިން ހިލޭސާބަހަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ބޭނުންވާތީ ގެނައި ކުދިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަތުވެއްޖެ އެވެ.
އެމީހުން ގެނައީ ސަރުކާރު ހަރަދުގައި އެވެ. އިއްޔެ އޭގެ ތެރެއިން35 ކުއްޖަކު ރާއްޖެ އައިސްފަ ވެ އެވެ. އަދި ނޭޕާލުގައި ތިބި ދިވެހިންގެ ތެރެއިން10 މީހަކު އަމިއްލަ ހަރަދުގައި އައިސްފަވެ އެވެ.
މިމީހުންނާއި މެދުވެސް އަމަލު ކުރަމުންދަނީ ރާއްޖެ އަންނަ އެހެން މީހުންނެކޭ އެއްގޮތަަށެވެ. އެމީހުން މަސައްކަތަށް ނުކުތުމުގެ ކުރިން ވަނީ14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ސަރުކާރުން ކަނޑައެޅި ތަނެއްގައި ކަރަންޓީން ކޮށްފައި އެވެ.
ސަރުކާރުގެ ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒިޒް ވިދާޅުވީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި އެގޮތަށް ޓޫރިސްޓުން ފިޔަވާ ރާޢްޖެ އަންނަ ހުރިހާ އެންމެން ކަރަންޓީން ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި ޑިޕްލޮމެޓުން އިސްތިސްނާ ނުވާނެ ކަމަށް ވިދާޅުވި އެވެ.
މިވަގުތު ކަރަންޓީގައި ތިއްބެވި ސިޔާސީ ގޮތުން ފާހަގަ ކޮށްލެވޭ ބޭފުޅުން ގެތޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ އެމްއާރުއެމްގެ އަންހެނުންގެ ގޮފީގެ ރައީސާ އާމިނަތު ނާދިރާ ހިމެނެ އެވެ.
ޑޮކްޓަރުކަން ކަން ކިޔަވަން ރާއްޖެއިންް ބޭރުގައި ތިބި އިތުރު65 ފަރާތެއް ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހެލްތް މިނިސްޓްރީން ބުނީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް ރާއްޖެ އައުމަށް ބޭނުންވާ ސިއްހީ ދާއިރާއިން ކިޔަވާ100 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދިވެސް އިތުރު ކުދިން ބޭނުންވާ ކަމަށާއި އެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.
އެއް ދުވަހުން އަނެއް ދުވަހަށް ކަރަންޓީން ސެފިލިޓީތައް އިތުރު ކުރަމުންދާތީ އެ ތަންތަނުގައި މަސައްކަތް ކުރާނެ ސިއްހީ އޮފިޝަލުން ސަރުކާރުން ބޭނުންވެ އެވެ. އަދި ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއަށް އައިސްފާނެ ކޮންމެ ފަދަ ހާލަތަކަށް ސަރުރުން ތައްޔާޜުވަމުންދާ ކަމަށާއި ސަރުކާރުގެ ހަރަދުގައި އެ ކުދިން ރާއްޖެ ގެންނަމުންދަނީ އެހެންވެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް