ކޯވިޑް-19: މާލޭ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ފަށައިފި

ކޮރޯނާ ވައިރަހުން ގައުމު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ. މަގުތައް ދޮވެ ސާފުކުރަނީ ކްލޮރިން އަޅައިގެންނެވެ. ރ...

23 Mar 2020 | 05:25

ކޮރޯނާ ވައިރަހުން ގައުމު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ.

މަގުތައް ދޮވެ ސާފުކުރަނީ ކްލޮރިން އަޅައިގެންނެވެ.

ރޭގައި މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ( ކޯވިޑް-19 ) އިން ރައްކާތެރިވުމުގެ ގޮތުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އާއި މާލެސިޓީ ކައުންސިލްއާއި ގުޅިގެން މާލެސިޓީގެ މަގުތައް ކުލޮރިން އަޅައިގެން ދޮވެލުމުގެ މަސައްކަތް ކުރަމުންދާއިރު އަޑީގައި ކުނިޖަމާވާގޮތަށް މަގުމަތީގަ ބަހައްޓާފައި ހުންނަ ޕެލެޓާއި ހަލާކުވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް 23 މާރިޗް 2020 ވާ ހޯމަ ދުވަހު  ހެނދުނުން ފެށިގެން ކުރިއަށް ގެންދާނެކަން އާންމުކޮށް އަންގާ އިޢުލާނު ކުރާކަމަށެވެ.

މާލޭ ސިޓީން މި މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި އެމްޑަބްލިއުއެސްސީ އާއި ގުޅިގެންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފައެވެ. ސަރުކާރުން އަންނަނީ މި ވައިރަހުން ސަލާމަތްވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް