ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން ދެރިސޯޓަކާއި އުޅަނދަކުން ޓެސްޓްކުރި މީހުންގެ ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓާއި، ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓާއި، "އެލިއޯން" ކިޔާ އުޅަނދުން ޓެސްޓް ކުރި މީހުންގެ ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށެވެ.
އަދި އެއާއެކު އެރަށްތަކާއި އުޅަނދު މޮނިޓަރިންގެ ހާލަތުން ދޫކޮށްލާފައިވާކަމަށްވެސް އެޗްޕީއޭގެ ޓްވީޓްގައި ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް