ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކްސްކާޝަންގެ ގޮތުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ކަނޑައަޅާފައި އޮތް މުއްދަތު އިތުރުކުރުމަށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުން އަންގައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެންގެވި މިއެންގެވުމުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓަކުން، ސަފާރީއަކުން އަދި ގެސްޓްހައުސްތަކުން މީހުން އައުމާއި ދިއުން ވަކި ގޮތެއް އަންގަންދެން ހުއްޓާލުމަށް އަންގާކަމަށެވެ.
މިފިޔަވަޅު އެޅުމަށް ނިންމަވާފައި ވަނީ ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (އާންމުޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިންނެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެންމެ ފުރަތަމަ އަންގާފައި ވަނީ އެކްސްކާޝަންތައް 10 ދުވަހަށް ހުއްޓާލުމަށެވެ. އެ މުއްދަތު ހަމަވަނީ މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް