ކޮވެކްސް ފެސިލިޓީން ރާއްޖެއަށް އެއް ލައްކަ ސިރިންޖް ދީފި

ކޯވިޑް-19 ވެކްސިން ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ މެދުވެރިވެގެން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީން ރާއްޖެއަށް 100،000 ސިރިންޖު ދީފި އެވެ. އެޗްއީއޯސީން ...

23 Feb 2021 | 17:29

ކޯވިޑް-19 ވެކްސިން ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ މެދުވެރިވެގެން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީން ރާއްޖެއަށް 100،000 ސިރިންޖު ދީފި އެވެ.

އެޗްއީއޯސީން ބުނީ މިއީ އެ ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ދިން ފުރަތަމަ އެހީ ކަމަށެވެ. މި ތަކެތި ރާއްޖެއާއި ހަމައަށް ގެނައުމުގެ މަސައްކަތާއި ހަވާލުވެފައިވަނީ ޔުނިސެފުން ކަމަށާއި އެ މަސައްކަތް އެ ޖަމިއްޔާއިން ކުރަމުންދާ ކަމަށެވެ.

އެ ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ކޯވިޑް-19 ވެކްސިން ދޭނެ ކަމަށް ކޮވެކްސް ފެސިލިޓީ ން ނިންމާފައިވެ އެވެ. އެކަމަކު އެ ވެކްސިން ޑޯޒުތައް މިހާތަނަށް ރާއްޖެއަށް ފޯރުކޮށްދީފައެއް ނުވެ އެވެ.

މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ އިންޑިއާއިން ދީފައިވާ ދެ ލައްކަ ޑޯޒުގެ ކޮވިޝީލްޑް ވެކްސިނާއި ހެޔޮ އެދޭ ދެ ފަރާތަކުން ހަދިޔާ ކޮށްފައިވާ ސިނޯފާމް ވެކްސިންގެ 10،000 ޑޯޒެވެ. އަދި ސިނޯފާމްގެ 100،000 ޑޯޒު ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމައި އެކަން ވަނީ ރާއްޖެއަށް އަންގާފައި އެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް