ކޮވިޑަށް މިއަދު ރާއްޖެއިން 108 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި ޕޮޒިޓިވް ވި 108 މީހުންގެ ތެރެއިން 76 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. 12 މީހަކު ޕޮޒިޓިވް ވެފައިވަނީ ރަށްރަށުންނެވެ. އަދި ރިސޯޓްތަކުން 20 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މިއާއެކު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 19038 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2429 އެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 167 އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް