މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ މެރިންކޯރ ބޭސިކް-6 ގެ ފައިނަލް އެކްސަސައިޒް، 23 ފެބްރުވަރީ 2021 އިން 25 ފެބްރުވަރީ 2021 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން އަނެއްދުވަހުގެ 06:00 އަށް ލ. ފޮނަދޫ އަދި ލ. ގާދޫގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން، މިނީފްލޭއަރ، ޓްރިޕް ފްލޭއަރ ބޭނުންކޮށްގެން 200 މީޓަރގެ ސަރަހައްދެއް ބޭނުންކުރަން ހަމަޖެހިފައި ވާއިރު، ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރއެވެ. އަދި. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިންކީ ސީލެވެލް ކަމަށް އެމްއެންޑީއެފްގެ އިއުލާނުގައި ވެއެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނީ ލ. ފޮނަދޫ އަދި ލ. ގާދޫ އާއި ދިމާމަތީގައެވެ.
ދެވަނައަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ޚާއްޞަ ތަމްރީނުތަކަކީ، 23، 25 އަދި 27 ފެބްރުވަރީ 2021 މި ތިން ދުވަހު، ކޮންމެ ދުވަހެއްގެ 18:00 އިން 20:30 އަށް ކ. ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެކެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާ ހަތިޔާރަކީ އޭކޭ ސީރީޒް ރައިފަލްއެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 3000 މީޓަރެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރ ކަމަށް ވާއިރު، ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލް ކަމަށް އެމްއެންޑީއެފް ގެ އިއުލާނުގައި ވެއެވެ. އަދި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް