ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ފަނޑިޔާރު މަހާޒް އައްޔަން ކޮށްފި

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް މިއަހަރު ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރައްވައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫ...

23 Feb 2021 | 09:42

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް މިއަހަރު ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނު ބުނާ ގޮތުން ފަނޑިޔާރުންނާ މެދު އެ ކޮމިޝަނުން އަޅާ ފިޔަވަޅުތަކާ މެދު އެ ނިންމުންތައް އިސްތިއުނާފް ކުރެވޭނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގަ އެވެ. އެ މަޖިލީހަކީ ތިން ފަނޑިޔާރުން ތިއްބަވާ މަޖިލީހެކެވެ.

ސުޕްރީމް ކޯޓުން ބުނީ އެ މަޖިލީހަށް ފަނޑިޔާރު މަހާޒް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.

އެންމެ ފަހުން ފަނޑިޔާރުންގެ އިސްތިއުނާﷲު މަޖިލީހުގައި އެ ކޯޓު ތަމްސީލް ކުރެއްވީ ފަނޑިޔާރި ޑރ. އޒްިރަލްދާ ޒާހިރެވެ. ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރުން އައްޔަން ކުރަނީ އެއް އަހަރަށެވެ.

ދާދިފަހުން ހައި ކޯޓުން ވެސް ވަނީ މިއަހަރަށް އެ މަޖިލީހަށް އައްޔަންކުރާ ފަނޑިޔާރެއްގެ ގޮތުން އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖައްސައިފަ އެވެ.

ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމާ ނިންމުންތަކެއް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަކަށް ނުބެލޭނެ އެވެ. އަދި ޖޭއެސްސީން އަޅާ ފިޔަވަޅު ބަދަލު ކުރުމާއި މައްސަލަ އަލުން ބެލުން ފަދަ ބާރުތަކެއް ވެސް އެ މަޖިލީހަކަށް ނޯވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް