ކަރީނާގެ ހަގު ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުވެއްޖެ

ކަރީނާއާ ސައިފް އަލީ ޚާންގެ 2ވަނަ ދަރިފުޅު އެމީހުންނަށް ލިބިފައިވާ އިރު ކަރީނާ އެމީހުން އަދި ހަގު ދަރިފުޅުގެ ފޮޓޯ އާންމެއް ނުކުރެއެވެ. އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި ކަރީނާ ހޮސްޕިޓަލުން ދޫކޮށްލ...

23 Feb 2021 | 08:51

ކަރީނާއާ ސައިފް އަލީ ޚާންގެ 2ވަނަ ދަރިފުޅު އެމީހުންނަށް ލިބިފައިވާ އިރު ކަރީނާ އެމީހުން އަދި ހަގު ދަރިފުޅުގެ ފޮޓޯ އާންމެއް ނުކުރެއެވެ.

އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި ކަރީނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު އެމީހުން ގެއަށް ދިޔުމުގެ މަގުމަތީގައި ޕަޕަރާޒާން މިވަނީ ކަރީނާގެ ހަގު ދަރިފުޅުގެ ވީޑިއޯއެއްވެސް ނަގާފައެވެ.

މި ވީޑިއޯއިން ދަރިފުޅުގެ މޫނު ސާފުކޮށް ފެންނަން ނެތް ނަމަވެސް ރަޖާގަނޑެއްގެ ތެރޭގައި ދަރިފުޅު ނޭނީގެ އުނގުތެރޭގައި އޮންނަތަން ފެނެއެވެ.

އަދި ކާރުގެ ފަހަތު ސީޓުގައި ކަރީނާ އަދި ނެނީ ދަރިފުޅު ގޮވައިގެން އިން އިރު, ކުރީ ސީޓުގައި ތައިމޫރް ގޮވައިގެން އިން ސައިފްގެ މޫނުމަތިންވެސް އުނދަގޫވެފައިވާ ކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް