ކައިލީގެ ފިރިހެން ދަރިފުޅު ދެކުނީންތަ

އުމުރުން 23 އަހަރުގެ ކައިލީ އަނެއްކާވެސް އާއިލާއަށް އައު މެމްބަރެއް އިތުރުކޮށްފިއެވެ. އެގޮތުން ކައިލީ މިފަހަރު ދައްކާލާފައި މިވަނީ މިދިޔަ ހޯމަ ދުވަހު އަލަށް ގެނައި މެމްބަރެކެވެ. ހުދުކުލައާއި އަލި އަޅި...

23 Feb 2021 | 07:24

އުމުރުން 23 އަހަރުގެ ކައިލީ އަނެއްކާވެސް އާއިލާއަށް އައު މެމްބަރެއް އިތުރުކޮށްފިއެވެ.

އެގޮތުން ކައިލީ މިފަހަރު ދައްކާލާފައި މިވަނީ މިދިޔަ ހޯމަ ދުވަހު އަލަށް ގެނައި މެމްބަރެކެވެ.

ހުދުކުލައާއި އަލި އަޅިކުލައިގައިވާ ކުޑަކުޑަ ކުއްތާއެއްގެ ފޮޓޯއެއް ކައިލީގެ ފޭނުންނަށް ދޫކޮށްލަމުން ކައިލި ބުނެފައިވަނީ "މައި ސަން" މިހެންނެވެ.

ކައިލީ މިފަހަރު ޕެޓްއަށް ދީފައިވާ ނަމަކީ ކެވިން އެވެ. މނީގެ އިތުރުންވެސް ކައިލީ ޕެޓްގެ ގޮތުގައި 8 ކުއްތާ ގެންގުޅޭ ކަމަށްވެއެވެ.

ކެވިންގެ ތަފާތު އެކިއެކި ފޮޓޯތަކާއި އަދި ވީޑިއޯތައް ކައިލީ ދައްކާލާފައިވާއިރު އޭނާގެ ސަޕޯޓަރުން ދަނީ ކައިލީގެ ޕެޓްއަށް ނުހަނު ތައުރީފުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް