މީރާގެ އަސްލު ކްރަޝްއަކީ ޝާހިދުއެއް ނޫން!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމުގައިވާ ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕުތްގެ އަސްލު ކްރަޝް އަކީ ޝާހިދު ނޫން ކަމުގައި އޭނާ ބުނެފިއެވެ. މީރާ މިހެން ބުނެފައިވަނީ ސޯޝަލް މީޑިއާއަށް އޭނާ ދޫކޮށްލި ފ...

23 Feb 2021 | 06:41

ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމުގައިވާ ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕުތްގެ އަސްލު ކްރަޝް އަކީ ޝާހިދު ނޫން ކަމުގައި އޭނާ ބުނެފިއެވެ.

މީރާ މިހެން ބުނެފައިވަނީ ސޯޝަލް މީޑިއާއަށް އޭނާ ދޫކޮށްލި ފޮޓޯތަކާއެކު އޭނާއާ ކުރަން ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު އޭނާގެ ފޭނުންނަށް ހުޅުވާލަމުންނެވެ.

އެގޮތުން ފޭނުންނަށް މި ހުޅުވާލި ފުރުސަތުގައި މީރާ ވަނީ ވަރަށް ގިނަ ފޭނުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދީފައެވެ. އަދި ފޭނަކު މީރާ ގާތުގައި އަހާފައިވަނީ މީރާގެ ކްރަޝްއަކީ ކާކުތޯއެވެ.

އެ ސުވާލަށް ޖަވާބުދެމުން މީރާ ބުނި އެއްޗަކުން އޭނާގެ ފޭނުން ވަނީ ހައިރާން ވެފައެވެ. އެގޮތުން ސުވާލަށް ޖަވާބުދެމުން މީރާ ބުނެފައިވަނީ މީރާގެ ކްރަޝްއަކީ އެފްރިކަން ކްރިކެޓާއެއް ކަމުގައިވާ އޭބީ ޑި ވިލިއަސް ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް