ޕޮލިސް ބޯޑަށް ކުރިމަތިލީ ފަސް މީހުން، ހާމިދު އަބްދުލް ގަފޫރު ހިމެނޭ

އަލަށް އަމަލު ކުރަން ފަށާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ފަސް ބޭޭފުޅަކު ކުރިމަތި ލައްވައިފި އެވެ. ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަ...

23 Feb 2021 | 06:13

އަލަށް އަމަލު ކުރަން ފަށާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ފަސް ބޭޭފުޅަކު ކުރިމަތި ލައްވައިފި އެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެ އޭގެ ތެރޭޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެވެ.

މީގެ ތެރެއިން އާންމުންގެ ތެރެއިން އެ ބޯޑަށް އައްޔަން ކުރާ ދެ މެމްބަރުން ހޮވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުުންގެ ނަންތައ އިއުލާނު ކުރެއްވުމުން އެ ނަންތައް އިތުރަށް ދިރާސާ ކުރުމަށް ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވާފައި އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލާފައިވަނީ:

1- ލަބީގް މުހައްމަދު މާހިދު. މ. މަނަދޫ ވިއު

2- ޒުބައިރު އަހުމަދު މަނިކު. ގ.މަލްވިނަ

3- ޒީނަތު އަލީ . ދަފްތަރު. 2616

4- އަލީ މުހައްމަދު މަނިކު. ދަފްތަރު.1851

5- ހާމިދު އަބްދުލް ޣަފޫރު. ހ. ޝޭޑީ ކޯނަރު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް