އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ޗެނަލް13 ގެ ނޫސްވެރިޔާ މުހައްމަދު ޝަހީމް ބިންމައްޗަށް ވެއްޓުނު މައްސަލަ ރިޕޯޓާސް ވިތްއައުޓް ބޯޑާސްގެ ސަމާލުކަމަށ އައިސްފި އެވެ.
ރިޕޯޓާސް ވިތްއައުޓް ބޯޑާސް އަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދިފާއުގައި އަޑު އުފުލާ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން ކުރި ޓުވީޓެއްގައި ބުނީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕާޓީތަކުގެ މުޒާހަރާ ކަވަރު ކުރަމުންދަނިކޮށް ޝަހީމް ބިންމައްޗަށް ވެއްޓި އަނިޔާވެފައިވާ ކަމަށެވެ. އަދި ޝަހީމް އާއި ދޭތެރޭ މުޒާހަރާގެ ތެރެއިން ފުލުހުން ކަންތައް ކޮށްފައިވަނީ އަނިޔާވެރި ގޮތަކަށް ކަމަށެވެ.
މީގެ އިތުރުން މި މައްސަލަ ނުބައި ދޫކޮށް ނުލުމަށް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައިވެ އެވެ.
https://twitter.com/RSF_inter/status/1363849623203422216
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް