އަންހެނުންގެ ވައްތަރު ދަސްވެއްޖެޔޭ ކިޔާފައި ފިރިހެނުން އާންމުކޮށް ހަޅޭފަޅޭ ޖަހައިގަންނަނީ އެކުގައި އެތައް އަހަރެއް ހޭދަކުރާ އަނބިމީހާ ނުވަތަ ލޯބިވެރިޔާ ވަރުގަދަ ދޯކާއެއް ދޭ ހިސާބުންނެވެ. ކޮންމެވެސް އެހެން ފިރިހެނަކާއި އެކު ކޮންމެވެސް ތަނަކު ކޮންމެވެސް ކޮޓަރިއެއްގެ ތެރޭގައި ބަންދުވެގެން އެއް އެނދުގައި އޮތްވައި ފަޅާއަރާ ހިސާބުންނެވެ.
މިހެން ވީމަ ދެން ބުނާނީ ކީކޭތޯއެވެ.؟ އަދިވެސް އަންހެނުންގެ ވައްތަރު ނޭންގޭ ވާހަކަތޯއެވެ.؟
މިގޮތައް ރެޑް ހޭންޑް ކޮށް ބަސްޓުކޮށްލުމުން ވެސް ބުނަން ޖެހެނީ، ގިނަ ފިރިހެނުންނަށް އަންހެނުންގެ އަސްލު ވައްތަރެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެކުގައި އުޅޭ ފިރިހެން މީހާ އަށް ނުވަތަ ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅޭ ފިރިހެން ކުއްޖާ އަށް ގިނަ އަންހެނުން ދޯކާ ދިނަސް މިކަން ދުނިޔޭގެ ދިރާސާތަކަށް އޮޅުވައެއް ނުލެވޭނެ އެވެ.
މިއީ ދިރާސާތަކުން ސާބިތުކޮށްފައިވާ ހަގީގަތްތަކެވެ. އަންހެން މީހާ އަކީ ނިކަން މުއްސަނދި އަދި އެހާމެ ރީތި މީހެއް ނަމަ މިއީ ފިރިހެން މީހާގެ ހިތަށް އިޝްގީ ތީރު ހަރައި ޒަޚަމްކޮށްލާނެ ކަމެކެވެ.
ހޯދުންތަކުން މުނާގޮތުގައި މުއްސަނދިކަމާ އެއްވަރުގެ ރީތި ކަމެއް ލިބުމަކީ، ވަރަށް ގިނަ ފިރިހެން ކުދިންގެ އިތުބާރު ހޯދަން އަންހެން މީހާ އަށް އުނދަގޫވާ ކަމެއް ކަމަށެވެ. ރީތި އަދި މުއްސަނދި އަންހެން މީހާ އަށް އިތުބާރުކުރަން ފިރިހެނުން ބިރު ގަންނަނީ ކަމަށް ބުނެވެ އެވެ. އަދި އެފަދަ ދިރިއުޅުމެއް ލިބޭ އަންހެން މީހާގެ ކުރިމަތީގައި ފިރިހެން މީހާގެ މާ ބޮޑު އަގެއް ނޯންނަ ކަމަށްވެސް ދިރާސާތަކުން ދައްކަ އެވެ.
ފަހަރެއްގައި ސިފަ ހުތުރުކޮށް ތިބޭ މަހުޖަނުންގެ އުނގަށް ރީތި ޒުވާން ފިރިހެން ކުދިން ވެއްޓެނީ މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ.
މިއީ ދިރާސާތަކުން ދައްކާ ގޮތެވެ. ފިރިހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ސިފަތައް ލިބިފައިވާ އަންހެނުންނަކީ އުފާވެރި ހަޔާތެއް ތަރައްގީކުރުމަށް މާ ބޮޑު އެއްބާރުލުމެއް ނުވަތަ އެހީއެއް ވާނެ ބައެއް ނޫނެވެ. ނަމަވެސް އެއް ގުޅުމަކަށް ފަހު އަނެއް ގުޅުމެއް ފައްކާކުރަމުން ކުރިއަށް ދިއުމުގައި ރީތި އަންހެނުން ވަރެއް ނެތެވެ.
ދިރާސާތަކުން އަދި ދައްކާ ގޮތުގައި ރީތި ސިފައެއް ލިބިފައިވާ އަންހެނުންނަކީ ކައިވެނީގެ ގުޅުމުން ނުވަތަ އޭގެ އަރާމުން ބަނޑުފުރޭ ބައެއް ވެސް ނޫނެވެ.
އަންހެނަކު މަޖާވުމަކީ އެމީހަކަށް ފިރިހެނަކު ޝައުގުވެރިވާނެ ސިފައެކެވެ. އަންހެނަކު މަޖާވުމަކީ އެމީހެއްގެ ވިސްނުމުގެ ކުޅަދާނަ ކަމާއި އުކުޅުތަައް ހާމަކޮށްދޭ ސިފައެކެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުގައި މަޖާ އަންހެނަކަށް ފިރިހެނަކާއި އެކު އަނގައެއްތަޅާލައިގެން އެ ފިރިހެން ކުއްޖާ ގޮވައިގެން ބޭރަށް ގޮސް އުފާކޮށް ލޯބިކޮށްލެވިދާނެ އެވެ. އަނގައިން ނުބުނެ އިންނަ ނުވަތަ އަނގައިން ބުނަން ނުކެރޭ އަންހެން މީހާގެ އުމުރު ދެބައިވާއިރު ވެސް ފިރިހެނަކު ނުލިބިފައި އިންނަން ޖެހުމަކީ ވެސް މި ވާހަކަ އަށް ބާރު ދޭ ކަމެކެވެ.
ތަޖުރިބާކާރުން ބުނަނީ އަންހެނަކު ފިރިހެނަކަށް ހިތްކިޔާ ގޮތް ބިނާވެފައި އޮންނަނީ އެމީހެއްގެ އިގްތިސާދީ ހާލަތު ހުންނަ ގޮތަކުން ކަމަށެވެ. މިސާލަކަށް އަންހެން މީހާ އަކީ ފަގީރު މީހެއް ކަމުގައިވާ ނަމަ އެ މީހަކު އާންމުކޮށް ހިތްކިޔާނީ ފަލަކޮށް ތިބޭ ބޮޑެތި ފިރިހެނުންނަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް