އިޓާލިއަން ލީގު: ރޮނާލްޑޯގެ ދެ ގޯލާއި އެކު މޮޅުވެ ޔުވެންޓަސް ލީގުގެ ތިންވަނައަށް

އިޓާލިއަން ސެރީއާގައި ރޭ ކްރޮޓޮންއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީގުގެ ތިންވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއިން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ...

23 Feb 2021 | 04:19

އިޓާލިއަން ސެރީއާގައި ރޭ ކްރޮޓޮންއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީގުގެ ތިންވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއިން ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ.

އިޓާލިއަން ސެރީއާގައި ރޭ ކޮރޮޓޮންއާއި ދެކޮޅަށް ކުޅެ ޔުވެންޓަސް މޮޅުވިއިރު، އެޓީމުގެ ލަނޑުތައް ޖަހާދީފައިވަނީ ރޮނާލްޑޯއާއި މެކްކެނީއެވެ. ރޭގެ މެޗުގައި ކްރޮޓޮންއާއި ދެކޮޅަށް ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑަކާއެކު އޭނާ މިހާރުވަނީ އިޓާލިއަން ސެރީއާގައި މިވަގުތު އޮތް އިދިކޮޅު ހުރިހާ ޓީމަކާއި ދެކޮޅަށް ލަނޑު ޖަހާފައެވެ. އަދި މިވަގުތު ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ލަނޑު ލިސްޓުގެ އެންމެ ކުރީގައިވެސް އޮތީ ރޮނާލްޑޯއެވެ.

ރޭ މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑާއި އެކު އޭނާ ޖެހި ލަނޑުގެ އަދަު މިހާރު ވަނީ 18 އަށް އަރާފައެވެ. މި ފަހަރުގެ ސީޒަނުގައި ރޮނާލްޑޯ 18 ލަނޑު ޖަހާފައިވާއިރު، އޭނާ ވަނީ 3 އެސިސްޓު ހަދާފައެވެ. ލަނޑު ލިސްޓުގެ ދެވަނާގައި އޮތް ލުކާކޫ މިހާތަނަށް 17 ލަނޑުޖަހައި 5 އެސިސްޓް ހަދާފައިވެއެވެ.

އިޓާލިއަން ސެރީއާގެ ތާވަލު މިވަގުތު އޮތް ގޮތަށް ބަލާއިރު، 23 މެޗުން ލިބުނު 53 ޕޮއިންޓާއެކު އިންޓަރމިލާން އެއްވަނާގައި އޮތްއިރު ދެވަނާގައި އޮސް އޭސީ މިލާނަށް 23 މެޗުންލިބިފައިވަނީ 49 ޕޮއިންޓެވެ. އަދި ތާވަލްގެ ތިންވަނަ ލިބޭ ޔުވެންޓަސްއަށް 22 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.

ލީގުގައި ދެން ޔުވެންޓަސް ނިކުންނާނީ ރަށުންބޭރުގައި ހެލަސް ވެރޯނާއާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް