ޖުމްހޫރީ ޕާޓީގެ ލީޑަރު ގާއިމް އިބްރާހީމްގެ ވިލާ އެއާއަށް ސަރުކާރުން ކުރިން ކުއްޔަށް ދޫކޮށްފައިވާ ގދ ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރަށް ނެގުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައިކޯޓުން ބާތިލު ކޮށްފި އެވެ.
މި މަހުގެ އެއްވަނަ ދުވަހު ސިވިލް ކޯޓުން ނެރެފައިވާ އެ އަމުރު ހައިކޯޓުން ބާތިލުކޮށްފައިވަނީ އެ އަމުރު، ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހުގަ އެވެ.
ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފއިވަނީ ސިވިލް ކޯޓުގެ އެ އަމުރަކީ ޝަރުއީ ގޮޮތުންނާއި ގާނޫނީ ހަމަތަކުގެ މަތިން ނެރެފައިވާ އަމުރެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް