ފުވައްމުލަކާއި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފި

ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެ ދެ ސިޓީ ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ މިއަ...

23 Jan 2023 | 11:31

ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެ ދެ ސިޓީ ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައި އެވެ.

އެލާޓު ނެރެފައިވަނީ މިއަދު ހަވީރު4:00 ން މިރޭ9:00 އާއި ހަމައަށެވެ.

މިވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

އެ ދެ ސިޓީއަށް މޫސުން ގޯސްވި ނަމަވެސް މިއަދު އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މޫސުން ރަނގަޅެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި އިރު އުތުރުން ފަސް މޭލާއި15 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް