ޓޫރިޒަމަށް ކާށިދޫގެ ބިން ހިއްކައި ބަނދަރު ބޮޑު ކުރާނަން: ރައީސް ޞާލިހް

ގޯތި ދިނުމާއި، ޓޫރިޒަމްގެ މަސައްކަތް ތަކަށް ކ.ކާށިދޫގެ ބިން އިތުރަށް ހިއްކައި އެރަށުގެ ބަނދަރު ބޮޑު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައް...

23 Jan 2023 | 10:27

ގޯތި ދިނުމާއި، ޓޫރިޒަމްގެ މަސައްކަތް ތަކަށް ކ.ކާށިދޫގެ ބިން އިތުރަށް ހިއްކައި އެރަށުގެ ބަނދަރު ބޮޑު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ

ރައީސް ޞާލިހް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ކާށިދުއަށް ޒިޔާރަތް ކުރައްވައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ކާށިދޫގެ ބިން އިތުރުކޮށް، ޓޫރިޒަމްގެ މަސައްކަތް ކުރާ ފަރާތްތަކަށް އެ މަސައްކަތް ކޮށްދިނުމަށް މަގުފަހި ކޮށްދިނުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ.

އަދި ކާށިދޫއަކީ ރާއްޖޭގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއްރަށް ކަން ފާހަގަ ކުރައްވާ އެމަނިކުފާނުގެ ވިސްނުމަކީ ކާށިދޫގައި މިހާރު އޮތް ބިން ދަނޑުވެރިކަމަށް ހާއްސަކޮށްފައި ބޭއްވުން ކަމަށް ވިދާޅުވެފައި ވެއެވެ.

މިގޮތުން ބިން އިތުރުކޮށް ގެދޮރު ބޭނުންވާ ފަރާތްތަކަށް ގެދޮރު ދިނުމަށް މަގުފަހި ކޮށްދިނުމަކީވެސް އެ މަނިކުފާނުގެ ސިޔާސަތެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޓޫރިޒަމް ތަރައްޤީ ކުރުމަށް ކާށިދޫ ފަޅު ތެރޭގައި ވަކިން ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް އެބައޮތް ކަމަށްވެސް  ރައީސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް