ވިލިމާލޭގައި ބަގީގެ ހުދުމަތް ދޭނީ ދޮރުން ދޮރަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދޭން ފަށަން ނިންމީ ކުރިން އެ ހިދުމަތް ދެމުންދިޔަ އަމިއްލަ ކުންފުންޏަށް އެކަން ނުކުރެވޭ ކަމަށްބުނެ އެވެ. އަދި މިހާރު އެމްޓީސީސީން ވިލިމާލޭގައި އީވީ ބަހުގެ ހިދުމަތް ފަށާފައި ވަނިކޮށެވެ.
ސިޓީ ކައުންސިލުން ބުނީ ބަގީ ސްޓޭޝަންތަކެއް ކަނޑައަޅާފައި ވީނަމަވެސް ކަސްޓަމަރު ބޭނުންވާ ކޮންމެ ތަނަކަށް ބަގީގައި ދެވޭނެ ކަމަށެވެ. މި ހިދުމަތް ދިނުމަށް10 ބަގީ ބޭނުން ކުރާނެ އެވެ.
އޭގެ ތެރެއިން ބަލި މީހުންނަށް ހާއްސަ ބަގީއެއް އޮވެ އެވެ. އަދި މުދާ އުފުލުމަށް ހާއްސަ ބަގީއެއް އޮންނާނެ ކަމަށާއި ބަގީގެ ހިދުމަތް އެ ކައުންސިލުން24 ގަޑިއިރު ދޭނެ ކަމަށް ބުނެފައިވެ އެވެ.
ސިޓީ ކައުންސިލުގެ ބަގީތައް އަންނަނީ އަންނަ މަހު ފަހުކޮޅު އެވެ. ބަހުގެ ހިދުމަތް ދޭ ގޮތް އާންމުކޮށްފައި މިވަނީ އެމްޓީސީސީން ބަހުގެ ހިދުމަތް ފެށުމުން ހިތްހަމަ ނުޖެހުން އުފެދިފައިވަނިކޮށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ހިދުމަތް ވިލިމާލޭގައި އެމްޓީސީސީން ފެށީ ކައުންސިލުގެ ހުއްދައެއް ނެތި، މަޝްވަރާ ނުކޮށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް