ޑަބްލިއުޕީ ޑޮޓްސްގެ ނަމުގައި ވޯޑްޕްރެސް ވީޕީއެސް ހޯސްޓިން އަށް ހާއްސަ ވެބްސައިޓެއް

ޑަބްލިއުޕީ ޑޮޓްސްގެ ނަމުގައި ވޯޑްޕްރެސް އަށް ހާއްސަ ވީޕީއެސް ހޯސްޓިންގް ވެބްސައިޓެއް ތައާރަފްކޮށްފިއެވެ. ރާއްޖޭގައިވެސް ގިނަ ނޫސްތަކަކާއި ގިނަ ވެބްސައިޓްތަކެއް މިހާރުވެސް ވޯޑްޕްރެސްގައި ހޯސްޓްކުރަމުން...

23 Jan 2023 | 05:41

ޑަބްލިއުޕީ ޑޮޓްސްގެ ނަމުގައި ވޯޑްޕްރެސް އަށް ހާއްސަ ވީޕީއެސް ހޯސްޓިންގް ވެބްސައިޓެއް ތައާރަފްކޮށްފިއެވެ.

ރާއްޖޭގައިވެސް ގިނަ ނޫސްތަކަކާއި ގިނަ ވެބްސައިޓްތަކެއް މިހާރުވެސް ވޯޑްޕްރެސްގައި ހޯސްޓްކުރަމުން އަންނައިރު ޑަބްލިއުޕީ ޑޮޓްސްގައި ވޯޑްޕްރެސް ހޯސްޓް ކުރުމުން ލިބޭ ފައިދާތައް ވަރަށް ގިނަވެފައި ފަސޭހައެވެ.  ދުވަސް ނޫސްވެސް ހޯސްޓް ކޮށްފައިވަނީ ވޯޑްޕްރެސްގައެވެ. އަދި ޑަބްލިއުޕީ ޑޮޓްސްގައެވެ.

އެގޮތުން ކޮންމެ ވެބްސައިޓެއްވެސް ހޯސްޓް ކުރެވިގެންދަނީ ވަކި ވާޗުއަލް ޕްރައިވެޓް ސާވާއެއްގައެވެ. ކޮންމެ ވެބްސައިޓަކަށް ވަކި ޑެޑިކޭޓެޑް އައިޕީ އެޑްރެސްއެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ވެބްސައިޓެއްގައިވެސް ޕްލެސްކް ކޮންޓްރޯލް ޕެނަލް ހިމެނިގެންދާނެއެވެ.

އެއް އަހަރު ދުވަހުގެ ޑާޓާ އަބަދުވެސް ބެކަޕް ނަގާ ރައްކާކުރެވުމުގެ ހިދުމަތާއި މިހާރު ހިންގަމުން އަންނަ ވެބްސައިޓް މައިގްރޭޓް ކޮށްލުމުގެ ފުރުސަތުވެސް ހިލޭ ފޯރުކޮށްދެވޭނެކަމުގައި ޑަބްލިއުޕީ ޑޮޓްސްއިން ބުނެއެވެ.

ސިންގަޕޫރުގެ ޑާޓާ ސެންޓަރެއްގައި ވެބްސައިޓް ހޯސްޓް ކުރެވޭއިރު ލައިވް ޗެޓް ސަޕޯޓް ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން ރޭގަނޑު ނުވަޔަކަށް ލިބޭނެކަމުގެ ޔަގީންކަން ޑަބްލިއުޕީ ޑޮޓްސްއިން ދެއެވެ. އަދި ސާވާގެ ބެކަޕް ހިލޭ ހަތް ދުވަސް ވަންދެން އަބަދުވެސް ލިބެން ހުންނާނެކަމުގެ ޔަގީންކަން ޑަބްލިއުޕީ ޑޮޓްސްއިން އަރުވައެވެ.

ޑަބްލިއުޕީ ޑޮޓްސްގެ ވީޕީއެސްގައި ވޯޑްޕްރެސް ވެބްސައިޓް ހޯސްޓް ކުރުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ރޭމް އަދި ސީޕީޔޫގެ ސްޓޯރޭޖާއި ކެޕޭސިޓީ ސްކޭލެބަލް ކޮށް ލިބިގެންދާނެ ކަމުގައިވެސް ޑަބްލިއުޕީ ޑޮޓްސް އިން ބުނެއެވެ.

މި ހިދުމަތުގެ އާއްމު އަގަކީ އަހަރަކަށް އެންމެ 1000 ރުފިޔާ އެވެ. އަދި އެންމެ ފުރަތަމަ މި ޑަބްލިއުޕީ ޑޮޓްސް ހިޔާރުކުރައްވާ 30 ކަސްޓަމަރުންނަށް އަހަރަކު އެންމެ 500 ރުފިޔާއަށް މި ހިދުމަތް ލިބިގެންދާނެކަމުގައި ޑަބްލިއުޕީ ޑޮޓްސް އިން ބުނެއެވެ.

ޑަބްލިއުޕީ ޑޮޓްސް ވެބްސައިޓް: https://www.wpdots.com

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް