އެމެރިކާގައި ޗައިނީސް ނިއުއިއާ ފާހަގަ ކުރަމުންދިޔަ އެތައް ހާސް ބައެއްގެ ތެރެއަށް ބަޑި ޖެހި މީހާ އަމިއްލައަށް މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިދިޔަ ހޮނިިހިރު ދުވަހުގެ ރޭ ކެލިފޯނިއާގެ މޮންޓެރޭ ޕާކުގައި ހުންނަ ބޯލްރޫމް ޑާންސް ސްޓޫޑިއޯ ގައި އެވެ.
އެމީހާ ދިން ބަޑީގެ ހަމަލާގައި10 މީހުން މަރުވެ10 މީހުން ޒަހަމްވެފައިވެ އެވެ. އެމިހާ ވަނީ ފުލުހުން އައުމުގެ ކުރިން އެތަނުން ފިލާފައި އެވެ.
ކެލިފޯނިއާ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ފިލައިގެންދިޔައީ ވޭނެއްގައި ކަމަށެވެ. ފުލުހުންނަށް އެމީހާ މަރުވެފައި އޮއްވަ ފެނިފައިވަނީ ފިލައިގެން ދިޔަ ވޭނުގެ ތެރޭގައި އަމިއްލަ ގަޔަށް ބަޑި ޖަހައިގެންނެވެ.
އޭނާ އަމިއްލައަށް މަރުވީ ފުލުހުން އެ ވޭން ހޯދައި ވޭން ވަށާލައި އޭގެން ނުކުންނަން އެންގުމުން ނުނުކުމެ، ސަލާމަތްވެވޭނެ ގޮތެއް ނެތުމުންނެވެ. އެއީ އުމުރުން72 އަހަރުގެ މީހެކެވެ.
މި ހާދިސާގައި އަނިޔާވެ މަރުވީ މެދުއުރުމުގެ މީހުންނެވެ.
މި ހާދިސާގެ20 މިނެޓު ކުރިން ޗައިނީސް ނިއު އިއާ ފާހަގަ ކުރި އެހެން ހަރަކާތެއްގެ ތެރެއަށްވެސް ހަމަލާ ދީފައިވެ އެވެ. އެ ހާދިސާގައިވެސް އެމީހާގެ ބައިވެރިވުމެއް ވާކަމަށްވެ އެވެ.
ފުލުހުން ބުނީ މިއީ ފަހުގެ ތާރީހެއްގައި ކެލިފޯނިއާ ސްޓޭޓްގައި ހިނގި ބަޑި ޖަހައި މީހުން މެރުމުގެ އެންމެ ހިތާމަވެރި ހާދިސާ ކަމަށެވެ. އެންމެ ފަހުން 1984 ވަނަ އަހަރު މެކްޑޮނަލްޑްސް ރެސްޓޯރެންޓެއްގައި ބަޑި ޖަހައި، މީހަކު ވަނީ 21 މީހުން މަރާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް