ރައީސް ސޯލިހު ކެމްޕެއިނަށް ކ. އަތޮޅުގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ އަތޮޅަށް ވަޑައިގެންފި އެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގުރައިދޫ އަށެވެ. މިދަތުރުފުޅުގައި ގުރައިދ...

23 Jan 2023 | 05:07

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ އަތޮޅަށް ވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގުރައިދޫ އަށެވެ. މިދަތުރުފުޅުގައި ގުރައިދޫއަށްވެސް ވަޑައިގެންނަވާނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިމަރީގެ ކެމްޕެއިން ރައީސް ނިންމުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. މިދިޔަ ހަފްތާގައިވެސް އެމަނިކުފާނު ވަނީ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ.

އަދި އިއްޔެ ވަނީ ގދ. އާއި ގދ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައި އެވެ.

ރައީސް ގެ އިތުރުން މި އިންތިހާބުގައި ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ފޯރިއާއިި އެކު ކެމްޕެއިން ކރުައްވަމުންނެވެ. އެމަނިކުފާނު މިދިޔަ ހަފްތާ ބަންދުގައި ގއ. އަދި ގދ. އަތޮޅަށް ވަޑައިގެންނެވި އިރު ރޭ ވަނީ މާލޭގައި ޖަލްސާއެއް ބާއްވާފައި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް